ދސޗސ

ތައިލޭންޑުގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު އަތުލައިގަނެފި

ތައިލޭންޑުގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބަޔަކު އަތުލައިގަނެފިއެވެ.

ޙަބަރުތައް ބުނާގޮތުގައި އަތުލައިގަނެފައިވަނީ ވިއެޓްނާމަށް ނިސްބަތްވާ 2 ބޯޓެވެ. މި ދެ ބޯޓުންވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ.

މެރިން ފުލުހުން ބުނެފައިވަނީ ފުރަތަމަ ބޯޓު އަތުލައިގަނެފައިވަނީ ތައިލޭންޑުގެ ސޮންގހަލަ އާއި ކައިރި ހިސާބަކުންނެވެ. އެ ބޯޓުގައި 5 މީހުން ތިބި ކަމަށާއި، އެމީހުން ދިޔައީ ލަނޑާ ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ދެވަނަ ބޯޓު އަތުލައިގަތް އިރު އެބޯޓުގައި 6 މީހުން ތިބި ކަމަށާއި މި ދެ ބޯޓުވެސް ވަނީ ސޮންގހަލާ ޕްރޮވިންސްގެ މުއާންގ ޑިސްޓްރިކްޓަށް ގެންގޮސްފައެވެ.

ހައްޔަރުކޮށްފައިވާ 11 މީހުންނަށް ވަނީ ތައިލޭންޑުގެ ފިޝަރީޒް އެކްސް އާއި ހިލާފްވުމުގެ ކުށުގައި ދައުވާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!