ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަމީން-- ފޮޓޯ/ ޕީޕީއެމް
ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަމީން-- ފޮޓޯ/ ޕީޕީއެމް

ޔާމީނުގެ ވެރިކަމެއްގައި އެންމެ އިސްކަން ދޭނީ މަހަށް ހަމައަގު ހޯދައިދިނުމަށް: ކެމްޕޭން މެނޭޖަރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަބްދުﷲ ޔާމީނު ހޮވިއްޖެ ނަމަ އެންމެ އިސްކަން ދޭނީ މަހަށް ހަމައަގު ހޯދައިދިނުމަށް ކަމަށް އެމަނިކުފާނުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ އިންތިހާބުން ޔާމީނަށް ކާމިޔާބު ވެއްޖެ ނަމަ ތިން ކަމަކަށް އެންމެ ފުރަތަމަ އިސްކަން ދެއްވާނެ ކަމަށެވެ.

އޭގެ ތެރޭގައި ޒުވާނުން ބިނާކޮށް ވަޒީފާތަކަށް ނެރުމާއި އަންހެނުން ބާރުވެރިކޮށް، އެކަނބަލުންނަށް ގެއްލިފައިވާ އިގްތިސާދީ އަދި އިޖުތިމާއީ ދައުރު ފުޅާކޮށް، މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް ބާނާ މަސް ތާޒާކަމާއެކު ދުނިޔޭގެ ބާޒާރަށް ނެރެ މަހަށް ހަމައަގު ހޯދައިދިނުން ހިމެނޭ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ޔާމީން ފިޔަވައި މި ގައުމުގެ ދިފާއުގައި މަސައްކަތް ކުރާނެ ކެނޑިޑޭޓަކު ނެތް ކަމަށެވެ.

އިންތިހާބުތަކާ ދިމާކޮށް އެކި ފަރާތްތަކުން މަސްވެރިންނަށް ވައުދުތައް ވުމަކީ އާއްމު ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް މަސްވެރިންނަށް ވާ ވައުދުތައް ނުފުއްދައިދެވި، އެންމެ އަޅާލުން ކުޑަ ދާއިރާއަކަށް މަސްވެރިކަމުގެ ސިނާއަތް ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!