ސުވާސްތި މަސްރޭހުގައި ބައިވެރިތާ ޓީމެއް
ސުވާސްތި މަސްރޭހުގައި ބައިވެރިތާ ޓީމެއް

ސުވާސްތި މަސްރޭހުގައި 14 ޓީމް!

ސުވާސްތި މަސްރޭހުގައި14 ޓީމު ބައިވެރި ވެއްޖެއެވެ.

މި މަސް ރޭހަކީ ރ. މަޑުއްވަރީ އައްޔޫޤް ޖަމިއްޔާގެ ފަރާތުން އިންތިޒާމުކޮށްގެން ހިންގަން ނިންމާފައިވާ މަސްރޭހެކެވެ.

މި ރޭހަށް ޓީމު ލިސްޓް ހުށަހެޅުމުގެ ސުންގަޑި އިއްޔެއަށް ހަމަވެފައި ވާއިރު، ޖުމުލަ14 ޓީމު ވަނީ ރޭހުގައި ބައިވެރި ވެފައެވެ. އެއީ:-

  • ބްލްކެ ފިން
  • ބަރަކޫޑާ
  • ދިލްކީ އާވާޒް
  • ގާތުގިރި
  • ހިއްވަރު3ަ
  • ޓީމް ހޫކް
  • ހުދަންބަރު
  • ސީކްރާފްޓް
  • ޝަބްނަމްތިކި
  • ޓީމް ހުސައިން
  • ޓީމް ސަމީރާ
  • ޓީމް ސްޕީޑް
  • ވަހޫ
  • ފުލައްބަރު

މި މުބާރާތުގެ އެއްވަނަ އިނާމަކީ 4000 ރުފިޔާއެވެ. އަދި ދެވަނަ އިނާމަކަށް 3000 ރުފިޔާ ހުށަހަޅާފައި ވާއިރު ތިންވަނަ ޓީމަކަށް ހުށަހަޅާފައި ވަނީ 2000 ރުފިޔާއެވެ. އެންމެ ބަރު މަސް ބާނާ ފަރާތަކަށް 1000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މި މަސްރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހައްޖު ދުވަހުގެ ހަވީރު 4:00 އިން އެރޭ 9:00 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!