ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

ކޫއްޑޫއަށް ކިރުވި މަހުގެ އަދަދަށް ބޮޑު ކުރިއެރުމެއް

އަހަރުގެ މިހާތަނަށް މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 30،409 ޓަނުގެ މަސް ކިރުވާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކޫއްޑޫއަށް މަސް ކިރުވާފައިވާ އަދަދު ކަމުގައިވާ 23315 އާއި އަޅާ ބަލާއިރު 30% އިތުރު އަދަދެކެވެ.

މިފްކޯގެ ސެންޓަރުތަކުގެތެރެއިން މަސްވެރިންގެ އަތުން އެންމެ ގިނަ އަދަދަކަށް މަސް ގަންނަނީ ކޫއްޑޫއިންނެވެ. މިފްކޯގެ ކޫއްޑޫ ކޮމްޕްލެކްސްއިންވަނީ އަހަރުގެ މިހާތަނަށް މަސްވެރިންނަށް 511 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 380 މިލިއަން ރުފިޔާގައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިފްކޯއަށް އަހަރުގެ މިހާތަނަށްވަނީ ޖުމްލަ 39601 ޓަނުގެ މަސް ކިރުވާފައެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެ %30 އިތުރު އަދަދެކެވެ. އަދި ޖުމްލަ 659 މިލިއަން ރުފިޔާވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މިފްކޯގެ ސެންޓަރުތަކުގެތެރެއިން އެންމެ މަދުން މަސް ގަނެފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ. އަހަރުގެ މިހާތަނަށް އެ ސެންޓަރަށް ކިރުވާފައިވަނީ 4348 ޓަނުގެ މަހެވެ.

މިފްކޯގެ ފެލިވަރު ކޮމްޕްލެކްސްއަށް ކިރުވާފައިވަނީ 4844 ޓަނުގެ މަހެވެ. މި އަދަދަކީ މިދިޔަ އަހަރަށްވުރެ %6 އިތުރު އަދަދެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!