މިޔަރެއްގެ ފޮޓޯ
މިޔަރެއްގެ ފޮޓޯ

މިިޔަރު ހަމަލާދިނުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާފައިވަނީ ފްލޮރިޑާގައި

މިދިޔަ އަހަރުތެރޭ މިޔަރު ހަމަލާދިނުގެ ހާދިސާތައް އެންމެ ގިނަ އަދަދަކަށް ހިނގާފައިވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓުންކަމަށް އިންޓަރނޭޝަނަލް ޝާކް އެޓޭކް ފައިލް އިން ހާމަކޮށްފިއެވެ.

ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ ފްލޮރިޑާ ސްޓޭޓުގައި މިޔަރު ހަމަލާދިނުމުގެ 16 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ.

އިންޓަރނޭޝަނަލް ޝާކް އޭޓް ފައިލްއިން 1900ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ މިޔަރު ހަމަލާދިނުމުގެ ހާދިސާތައް ރެކޯޑުކުރަމުންނެވެ. އެމީހުންގެ ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި މިޔަރު އިންސާނުންނަށް ހަމަލާދިނުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގަނީ އޮސްޓްރޭލިއާ އަދި އެމެރިކާގައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ މިފަދަ 50 ހާދިސާއެއްވަނީ މި ދެ ޤައުމުން ރިޕޯޓުކޮށްފައެވެ.

މިޔަރު ހަމަލާދީގެން މީހުން މަރުވާ އަދަދުވަނީ ދަށްވެފައެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ބައެއް ޤައުމުތަކުގައި ހާއްސަކޮށް އޮސްޓްރޭލިއާގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކެވެ.

މިޔަރަކަށް އުދަނގުލެއް ނުކުރަނީސް އޭތި އިންސާނުންނަށް ހަމަލާ ދިނުމަކީ އާއްމުކަމެއް ނޫނެވެ. އެހެންނަމަވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިފަދަ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އޭގެތެރޭގައި އެމެރިކާ ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރުތެރޭ އެމެރިކާގައި ހިނގާފައިވާ މިޔަރު ހަމަލާދިނުމުގެ ހާދިސާތަކުގެތެރެއިން %40 ހާދިސާ ހިނގާފައިވަނީ މޫދުގައި ފަތާފައި އުޅުމުގެ ތެރޭގައެވެ. އަދި %32 އަކީ މޫދު ކުޅިވަރެއް ކުޅުމުގައި އުޅެނިކޮށް މިޔަރެއް ހަމަލާދިނުމުގެ ހާދިސާތަކެވެ. ސްކޯލިން އަދި ޑައިވައިގައި އުޅެނިކޮށް މިޔަރު ހަމަލާދީގެން ރިޕޯޓުކޮށްފައިވަނީ ޖުމްލަ އަދަދުގެ %12 ހާދިސާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!