އެމެރިކާގެ ފްލޮރިޑާގެ ނޭޝަނަލް އެވަރގްލޭޑް ޕާކުގައި މަސްވެރިކަން ކުރަމުން ދިޔަ މީހަކަށް މިޔަރެއް ހަމަލާދޭ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި އެމީހަށް އަތް ދޮވެލުމަށް ފެންގަނޑުތެރެއަށް އަތް ލައެވެ. އޭނާ އަތް ފެންގަނޑަށްލުމާއި އެކު މިޔަރެއް ފެނުން މައްޗަށް އަރާ އޭނާގެ އަތުގައި ދަތް އަޅާ ފެންގަނޑުގެ ތެރެއަށް ދަމައިގަނެއެވެ.
މި މަންޒަރުތައް ވަނީ އޭނާ އާއި އެކު މަހަށް ދިޔަ އޭނާގެ ރައްޓިއްސެއްގެ ފޯނުގައި ރެކޯޑުކުރެވިފައެވެ.
;
އެ ވިޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާއި އެކު ވަނީ ވައިރަލްވެފައެވެ. ގިނަ ބަޔަކުވަނީ މިއީ ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައި ބުނެ އެކަމަށް ހޭލުންތެރިވުމަށް ގޮވާލާފައެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކުރި މީހާ ބުނެފައިވަނީ އޭނާގެ ރަހުމަތްތެރިއާ އަށް މިޔަރު ހަމަލާ ދިނުމުގެ ސަބަބުން މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށެވެ. މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް އޭނާވަނީ ކައިރި ހޮސްޕިޓަލަކަށް ހެލިކޮޕްޓަރެއްގައި ގެންގޮސްފައެވެ. އަދި އޭނާއަށްދަނީ މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެ މީހާއަށް ހަމަލާދީފައިވަނީ ބުލް ޝާކެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ބުލް ޝާކްއަކީ ލޮނު ފެނާއި ރީތި ފެނުމުގައިވެސް އުޅޭ ބާވަތުގެ މިޔަރެކެވެ.