ދsސޗސ

މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން 9 ކިލޯގެ މާވަހަރެއް ފެނިއްޖެ

މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުތެރެއިން 9 ކިލޯގެ މާވަހަރެއް ފެނިއްޖެއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ކެނެރީ އައިލެންޑްސްގެ ބީޗަކަށް ލެއްގި 33 ފޫޓުގެ މި ބޮޑުމަހުގެ ބަރުދަނުގައި 10 ޓަނު ހުންނާނެކަމަށް ބެލެވެއެވެ.

މި ބޮޑުމަސް މަރުވުމަށް މެދުވެރިވި ސަބަބެއް ދެނެގަތުމަށްވަނީ އޮޓޮޕްސީއެއް ހަދާފައެވެ. މި އޮޓޮޕްސީ ކުރިއަށް ގެންގޮސްފައިވަނީ ޔުނިވަރސިޓީ އޮފް ލަ ޕަލްމާ ދު ގްރާން ކެނަރިއާއިންއިންނެވެ. އޮޓޮޕްސީއިން އެނގުނު ގޮތުގައި ބޮޑުމަސް މަރުވާން މެދުވެރިވި ސަބަބަކީ އޭގެ ބަނޑުގައި 9 ކިލޯގެ މާވަހަރެއް އޮތުމެވެ.

މާވަހަރަކީ ދުނިޔޭގެ ބާޒާރުގައި އަގުހުރި އެއްޗެކެވެ. ސެންޓު ހެދުމަށް އާއްމުކޮށް މާވަހަރު ބޭނުންކުރާއިރު، ގްރާމެއްގެ އަގު 26 ޑޮލަރަށް އަރައެވެ.

އެހެންކަމުން މި ފެނުނު މާވަހަރުގެ އަގު ގާތްގަނޑަކަށް 2 ލައްކަ ޑޮލަރަށް އަރާނެކަމަށް ބެލެވެއެވެ. ޔުނިވަރސިޓީއިން ބުނި ގޮތުގައި ސަރުކާރުން މި މާވަހަރު ވިއްކާލުމަށްފަހު 2021 ވަނަ އަހަރު އެ ހިސާބުތަގައި ހިނގި ފަރުބަދަ ގޮވުމުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!