މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނަށް ނެރުނު ލެޔޯ އެލާޓުގެ ވަގުތު އިތުރުކޮށްފިއެވެ.
މެޓް އޮފީހުން އެންމެ ފުރަތަމަ ސަމާލު ނެރިފައިވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 10:00 ޖެހުމާއި ހަމައަށެވެ. މިހާރު އަނެއްކާވެސް ވަނީ ލ. އަތޮޅުން އައްޑޫއަށް ސަމާލު ނެރެފައެވެ. މި ސަމާލުގެ ވަގުތު ހަމަވާނީ މިއަދު މެންދުރު ފަހު 15:00ގައެވެ.
މެޓް އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ.އެގޮތުން މިހާރު މިއީ ހުޅަނގު މޫސުމުގެ ހަތް ވަނަ ނަކަތް ކަމުގައިވާ "ފުނޯސް" ނަކަތެވެ. މި މޫސުމުގައި ކަނޑުތައް ގަދަވާނެއެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.
މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
8 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.