ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

މުސުން ގޯސް ދުވަހެއް -- ފޮޓޯ/ މިހާރު
މުސުން ގޯސް ދުވަހެއް -- ފޮޓޯ/ މިހާރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން އަދިވެސް ގޯސް ކަމަށް މެޓް އޮފީހުން ހާމަކޮށްފިއެވެ.

މެޓް އޮފީހުން މިހާރުވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެއީ މިއަދު ހަވީރު 16:00 ޖެހުމާއި ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ.އެގޮތުން މިހާރު މިއީ ހުޅަނގު މޫސުމުގެ ހަތް ވަނަ ނަކަތް ކަމުގައިވާ "ފުނޯސް" ނަކަތެވެ. މި މޫސުމުގައި ކަނޑުތައް ގަދަވާނެއެވެ.

މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.

މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.

8 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ