މަސްކަނޑާ އަށި ހެދުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ މާޅޮހު ކައުންސިލް
މަސްކަނޑާ އަށި ހެދުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ މާޅޮހު ކައުންސިލް

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން މާޅޮހުގައި މަސްކަނޑާ އައްޓެއް ހަދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުން އއ. މާޅޮހުގައި މަސްކަނޑާ އައްޓެއް ގާއިމު ކުރަން ފަށައިފިއެވެ.

މާޅޮހު ކައުންސިލްގެ އިދާރާއިން ބުނީ އެރަށު ބަނދަރުގެ މަސައްކަތްކުރަމުންގެންދާ އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާގައި ހިމަނައިގެން، އެރަށުގައި ހެދުމަށް ހަމަޖެހިފައިވާ މަސްކަނޑާ އަށި ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެމްޓީސީސީގެ ފަރާތުން، މާޅޮހު ރައްޔިތުންނާ ގުޅުންހުރި މިފަދަ އެކިއެކި ކަންކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދެމުންދާކަން މާޅޮހު ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ،
އަދި އެކަމަށްޓަކައި އެމްޓީސީސީގެގެ ހިންގުންތެރި ވެރިންނާއި ހީވާގި މުވައްޒިފުންނަށް މާޅޮހު ކައުންސިލުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

 

މި ފަހަކަށް އަހިސް ރަށްރަށުގެ ބަނދަރުގައި މަސްކަނޑާ އަށި ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަބަބަކީ މަސްކަނޑާނެ ތަނެއް ނެތް ނަމަ ބައެއް ރަށްރަށުގެ ބަނދަރުމަތީގައި މަސްކަނޑަށް ޖެހުން ފަދަ ސަބަބުތައް ކުރިމަތިވާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!