vinnenvangladdehamerhaai2_720

ނެދަލޭންޑްސްއަށް އެތެރެކުރަން އުޅުނު 4000އަށްވުރެ ގިނަ މިޔަރު އުރަހަ އަތުލައިގަނެފި

ނެދަލޭންޑްސްއަށް އެތެރެކުރަން އުޅުނު 4000 އަށްވުރެ ގިނަ މިޔަރު އުރަހަ އެޤައުމުގެ ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ދަ ނެދަލޭންޑްސް އެންޓާޕްރައިސް އެޖެންސީއިން ރިޕޯޓުކުރާގޮތުގައި އެ ޤައުމަށް މި ތަކެތި ފޮނުވައިފައިވަނީ ޕޯސްޓު މެދުވެރިކޮށް ހޮންގްކޮންގްއިންނެވެ. އެގޮތުން މި ޝިޕްމަންޓުގެ ހުރި މާކޯ އުރަހައިގެ ބަރުދަނުގައި 120 ކިލޯ ހުއްޓެވެ. އަދި މީގެ އިތުރުން ހެމަރހެޑް ޝާކްގެ 29 އުރަހަ އޮތް ކަމަށްވެސް ޙަބަރުތައް ބުނެއެވެ. މި ދެ ބާވަތަކީވެސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންގާޑް ސްޕީސީސްގެ ދަށުން ހިމާޔަތްކޮށްފައިވާ ބާވަތްތަކެކެވެ.

މި ޝިޕްމަންޓުގައި ހުރި އުރަހަތަކަކީ ގާތްގަނޑަށް 1300 މިޔަރު މަރާލައިގެން ނަގާފައިވާ އުރަހަތަކެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރަކު 100 މިލިއަން މިޔަރުގެ އުރަހަ ވިޔަފާރީގެ ބޭނުމަށް ނައްތާލައެވެ. އަދި ގިނަ ފަހަރަށް މިޔަރުތަކުގެ އުރަހަ ނެގުމަށްފަހު މޫދަށް އެއްލާލަނީ ދިރި ހުއްޓާއެވެ. އުރަހަ އާއި ނުލާ މޫދުގެ އެންމެ އަޑިއަށްގޮސް މިޔަރު މަރުވަނީ ވަރަށް ވޭނުގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!