ދުނިޔޭގައި އެންމެ ގިނައިން ކަނޑުމަހާއި ސީފުޑް ކަނީ ދިވެހިން!

މާލޭ ލޯކަލް މަސް މާރުކޭޓް، ފައިލް ފޮޓޯ
މާލޭ ލޯކަލް މަސް މާރުކޭޓް، ފައިލް ފޮޓޯ

އާބީދީގެ ނިސްބަތުން މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ސީފުޑް އަދި މަހުގެ ބާވަތްތައް ކަނީ ރާއްޖޭގައި ކަމަށް ވޯލްޑް އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.

ޓުވިޓާގައި ތަފާތު އެކި ކަންކަމާއި ގުޅޭގޮތުން ތަފާސްހިސާބުތައް ގެނެސްދޭ ވޯލްޑް އޮފް ސްޓެޓިސްޓިކްސްއިން ' ފިޝް އެންޑް ސީ ފުޑް ކޮންސަމްޕްޝަން ޕާ ކެޕިޓާ ޕާ އިޔަރ' ގައިވާގޮތުން ދިވެއްސެއް އަހަރެއްގެ މައްޗަށް 87.30 ކިލޯގެ މަސް ކައެވެ.

ވޯލްޑް އޮފް ސްޓެޓިސްޓިކްސްއިން މި މައުލޫމާތު ހޯދާފައިވާ ގޮތެއް ބުނެދީފައެއް ނުވެއެވެ. އެންމެ ގިނަ އިން ކަނޑުމަސް ކާ ޤައުމުތަކުގެ ލިސްޓުގެ 2ވަނައިގައި އޮތީ އައިސްލޭންޑެވެ.

އައިސްލޭންޑުގެ މީހުން އަހަރެއްގެ މައްޗަށް 84.30 ކިލޯގެ މަސް ކައެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ކަނޑުމަސް ކަނީ މަކާއޯގެ މީހުންނެވެ. އެޤައުމުގައި މީހެއް އަހަރެއްގެ މައްޗަށް 70.26 ކިލޯ މަސް ކައެވެ.

ގިނަ އަދަދެއްގެ ޤައުމުތައް މި ލިސްޓުގައި ހިމެނޭއެވެ. ކަނޑުމަހާއި ސީފުޑް އެންމެ މަދުން ކަނީ އަފްގާނިސްތާންގެ މީހުންނެވެ. އެޤައުމުގެ މީހެއް އަހަރެއްގެ މައްޗަށް ކަނީ 0.36 ކިލޯގެ މަހެވެ.

މިމަހުގެ 6ވަނަ ދުވަހު ވޯލްޑް އޮފް ސްޓެޓިސްޓިކްއިން އާއްމުކޮށްފައިވާ މި ތަފާސްހިސާބުތައް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.

އަދި ގިނަ ބަޔަކު ކޮމެންޓުކޮށް ރި- ޓުވީޓުކޮށް ހަދާފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ