ށ. ނޫމަރާގައި އޮޑިއެހެލާ ތަނަކާއި ކަނދުފައްޗެއް އަޅާދޭން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެޑައިގެންފިއެވެ.
ރައީސް އެފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ނޫމަރާގެ ރައްޔިތުންނާ މުހާތަކުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
ނޫމަރާގެ ރައްޔިތުން އެދުނު ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވި އިރު، އެރަށު މަސްވެރިން އެދުނު ދެކަމަކަށްވެސް ރައީސް އެއްބަސްވެވަޑައިގަތެވެ. އެއީ ކަނދުފަތި އެޅުމާއި އޮޑި ހަރުގެއެއް ހެދުމެވެ.
"މިރަށަށް ކޮށްދޭން އޮތް ކަންތައްތަކު ތެރޭގަ އަދި އެބައޮތް މަސްވެރިންނަށް ބޭނުންވާ ކަނދުފައްޗެއް އެޅުން. އޮޑިއެހެލާ ތަނެއް ގާއިމު ކުރުން. އިރާދަކުރެއްވިއްޔާ ތިބޭފުޅުން އެ އެދިވަޑައިގެންނެވި ގޮތަށް މިކަންތައްތައްވެސް އަޅުގަނޑު މިރަށަށް ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ކެމްޕޭނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސްކަމަސް ކުރިމަގތިލައްވާފައި ވާތީ ކުރައްވަން ފެއްޓެވި ކެމްޕޭނެކެވެ. އަދި ނޫމަރާގެ މަސްވެރިންނަށް ވީ މި ވައުދަކީ ކުރިއަށް އޮތް ދައުރަށް މަސްވެރިންނަށް ރައީސް ވެވަޑައިގެންވެވި ފުރަތަމަ ވައުދުފުޅެވެ.
One Response
ވެރިކަމަށް އެރިގޮތަށް މަސަވެރިން އަތުން މަސްގަންނަށް އަގު ދައްކުރީ.މިތިބީ އިންޖީނު ލޯނުގަނޑު ނުދެއްކިފަ.