ޒުވާން މަސްވެރިޔާ މިހާރު ހުރީ ކުޅުދުއްފުށީގައި

ޒުވާން މަސްވެރިޔާ ކުޅުދުއްފުއްޓަށް ދިއުން -- ފޮޓޯ/ ކުޅުދުއްފުށީ ކައުންސިލް
ޒުވާން މަސްވެރިޔާ ކުޅުދުއްފުއްޓަށް ދިއުން -- ފޮޓޯ/ ކުޅުދުއްފުށީ ކައުންސިލް
"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުންދާ ދަތުރުގައި މިވަގުތު ހުރީ ހދ. އަތޮޅުގެ އަށް ވަނަ މަންޒިލް ކަމުގައިހާ، ހދ. ކުޅުދުއްފުށީގައެވެ. ޒުވާން މަސްވެރިޔާ ކުޅުދުއްފުއްޓަށް ދިޔައީ ކުރިނބީއިންނެވެ.

ޒުވާން މަސްވެރިއާއަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ކުޅުދުއްފުށީ ކައުންސިލުން ބުނީ، މި ދަތުރުގައި ޒުވާން މަސްވެރިޔާ ރަށުގެ މަސްވެރިން އަދި ފަންނުވެރިންނާއި ބައްދަލުކޮށް ރަށުގެ މަސްވެރިކަމާއި، ފަންނުވެރިކަމާއި ތަރިކަ އަދި ސަގާފަތާއި ބެހޭ މައުލޫމާތު ހޯދައި އަރުޝީފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޒުވާން މަސްވެރިޔާ ކުޅުދުއްފުއްޓަށް ދިއުން -- ފޮޓޯ/ ކުޅުދުއްފުށީ ކައުންސިލް

ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.

ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށާއި ގުޅޭ ތަފާތު އެކި މައުލޫމާތުތަައް ގެނެސްދެމުންނެވެ. އެގޮތުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންދާއިރު،  ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ.

ޒުވާން މަސްވެރިޔާ ވެބްސައިޓް Zuvaan Masveriya 🎣 | Maldives އިން ދަތުރުގެ ހުރިހާ އަދާހަމައެއް ފެންނަން ހުންނާނެއެވެ. އަދި ޒުވާން މަސްވެރިއާ ޔޫޓިއުބު ޗެނަލް އިން މި ދަތުރުގެ ވީޑިއޯތައް ފެންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ