ކެލާއިން ސަލާމަތް ކުރި ދެ ވެލާ
ކެލާއިން ސަލާމަތް ކުރި ދެ ވެލާ

ކެލާ ކައިރީ ވަލެއްގައި ޖެހިފައި އޮތް ދެ ވެލާ ސަލާމަތްކޮށްފި

ހއ. ކެލާ ކައިރީ ވަލެއްގައި ޖެހިފައި އޮތް ދެ ވެލާ ސަލާމަތްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިއްޔެ މެންދުރުކުރީގެ ވަގުތެއްގައެވެ.

އެރަށު ބަނދަރާ ދިމާ މޫދުގައި ނަރު ދަލެއްގެ ތެރޭގައި ތާށިވެފައި އޮތް ދެ ވެލާ ފެނުނީ އެރަށު މީހަކަށެވެ. އެ ދެވެލާ ސަލާމަތް ކުރެވުނީ ހަތް ވަރަކަށް މީހުންގެ މަސައްކަތުންނެވެ.

ދެ ވެލާ ސަލާމަތް ކޮށްފައި ވަނީ ދާގަނޑާއެކު ނަގައިގެން އެއްގަމަށް ގެންގޮސް، ދާގަނޑު ކޮށާލައިގެންނެވެ. ދާގަނޑުގައި އޮޅިފައި އޮތުމުގެ ސަބަބުން ދެ ވެލަޔަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައި ހުއްޓެވެ.

ވެލާ ކަހަނބާއި އޭގެ ބިސް ނެގުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެ މަނާކޮށްފައިވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!