fcaebf_efc55b40a2604135b34b7fbe19ef2135~mv2

ފޯޗުގަލްގައި ފަތުރުވެރިން ކިލާ ވޭލްސްތަކާއި ގާތްވުން މަނާކޮށްފި

ފޯޗުކަލްގައި ފަތުރުވެރިން ކިލާ ވޭލްސްތަކާއި ގާތްވުން މަނާކޮށްފިއެވެ.

ޕޯޗުގަލްގެ އިންސްޓިޓިއުޓް ފޮރ ދަ ކޮންސަވޭޝަން އޮފް ނޭޗާ އެންޑް ފޮރެސްޓްސްއިން ބުނެފައިވަނީ ކިލާ ވޭލްސްތަކުގެ ހަމަލާތައް އިތުރުވެފައިވާތީ ފަތުރުވެރިން ގޮވައިގެން ބޮޑުމަސް ބަލާލުމަށާއި، ކޯމަސް ބެލުމަށް ކުރާ ދަތުރުތަކުގައި ކިލާ ވޭލްތަކާއި ގާތްވުން މަނާކޮށްފައިވާ ކަމަށެވެ.

އަދި މި ނިންމުން މިއަހަރުގެ ނިޔަލަށް ދެމިގެންދާނެ ކަމަށްވެސް އެ އިންޓިޓިއުޓުން ހާމަކުރެއެވެ.

ޕޯޗުގަލްގެ އިންސްޓިޓިއުޓް ފޮރ ދަ ކޮންސަވޭޝަން އޮފް ނޭޗާ އެންޑް ފޮރެސްޓްސްއިންވަނީ ކިލާ ވޭލްތައް އުޅޭ ހިސާބަކަށް ދެވިއްޖެނަމަ ކަންތައް ކުރާނެ ގޮތްވެސް ކިޔާދީފައެވެ. އެގޮތުން އެއާ އެއްވެސް ވަރަކަށް ކޮންޓެކްޓު ނުކޮށް، އެތާކުން ދުރަށް ދިޔުމަށްވަނީ އިރުޝާދު ދީފައެވެ.

ދާދިފަހުން ޕޯޗުގަލްގައިވަނީ ކިލާ ވޭލްތައް ހަމަލާދިނުމުގެ ގިނަ ހާދިސާތަކެއް ރިޕޯޓުކޮށްފައެވެ. އެގޮތުން ބޯޓުތަކަށް ގެއްލުން ދިނުމުގެ ހާދިސާތައް އިތުރުވެފައިވާއިރު، މިފަދަ ބައެއް ހާދިސާތަކުގައި ބޯޓުތައްވަނީ އެއްކޮށް އަޑިއަށްވެސް ގޮސްފައެވެ.

އަދި މިގޮތަށް ކިލާވޭލްތައް ބޯޓުތަކަށް ހަމަލާދެމުންދާ ސަބަބެއް އަދި ދެނެގަނެވިފައިނުވާ ކަމަށްވެސް ކަމާއިގުޅޭ ވުޒާރާތަކުން ބުނެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހިފައިވާ ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިލާ ވޭލްއަކީ ނުވަ މީޓަރަށް ބޮޑުވާ އެއްޗެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!