ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި "ދުރުރާސްތާ 8" ކުއްޔަށް ދެނީ

މ. ކޮޅުފުށި، ފޮޓޯ- ކޮޅުފުށި ފޭސްބުކް ޕޭޖް
މ. ކޮޅުފުށި، ފޮޓޯ- ކޮޅުފުށި ފޭސްބުކް ޕޭޖް

މ.ކޮޅުފުށީ ރައްޔިތުންގެ މަސްދޯނި "ދުރުރާސްތާ 8"، ކުއްޔަށް ދިނުމަށް  ކޮޅުފުށި ކައުންސިލުން ނިންމައިފިއެވެ. މިއީ 85 ފޫޓުގެ މަސްދޯންޏެކެވެ.

ކޮޅުފުށީ ކައުސިލުން ބުނީ ދޯނި ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2023 އިން 23 ޖުލައި 2023 ވަނަ ދުވަހުގެ 14:00 އާއި ދެމެދު (ރަސްމީ ދުވަސްތަކުގައި) ކައުންސިލް އިދާރާއަށް ހާޒިރުވެ، ދޯނި ކުއްޔަށް ދިނުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ބިޑުފޮތް ގަންނަން ޖެހޭނެކަމަށެވެ. ބިޑުފޮތެއްގެ އަގަކީ  1,000/- (އެއްހާސް) ރުފިޔާއެވެ.

މީގެއިތުރުން، ބިޑުފޮތް ގަތުމަށްފަހު ބިޑު ސެކިއުރިޓީގެ ގޮތުގައި އެއިދާރާއަށް 20,000/- (ވިހިހާސް) ރުފިޔާ ދެއްކެވުމަށްފަހު، އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމަށް 30 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ހާޒިރުވާންޖެހެއެވެ. އަންދާސީ ހިސާބުތައް ހުންނަން ޖެހެނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ދޯންޏާއިގުޅޭ މަޢުލޫމާތު ސާފުކުރުމަށްފަހު ރަސްމީގަޑީގައި 6720606 ނުވަތަ 9949797 އަށް ގުޅުމަށް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ