ޕެނަމާއިން ބޭރުކުރަން އުޅުނު 6 ޓަނަށްވުރެ ގިނަ މިޔަރު އުރަހަ އަތުލައިގަނެފިއެވެ. މި އެއްޗެހި ގެންދިޔުމަށް މަސައްކަތްކޮށްފައިވަނީ އޭޝިއާއަށެވެ.
މިކަމާއި ގުޅިގެން ޕެނަމާ ފުލުހުންވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. މިޔަރު އުރަހައަކީ ދުނިޔޭގެ ކަޅު ބާޒާރުގައި ބޮޑު ޑިމާންޑެއް އޮންނަ އެއްޗެކެވެ. އެގޮތުން ކޮންމެ އަހަރެއްގައިވެސް 500 މިލިއަން ޑޮލަރުގެ މިޔަރު އުރަހައިގެ ވިޔަފާރިކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ.
ޕެނަމާ ފުލުހުން ބުނީ އަތުލައިގަނެފައިވާ މިޔަރު އުރަހަ އަކީ އޭޝިއާއަށް ގެންދިޔުމަށް ތައްޔާރުކޮށްފައިވާ ތަކެތި ކަމަށެވެ. އަދި އޭޝިއާގައި މިޔަރު އުރަހަ ކިލޯއެއްގެ އަގު އުޅެނީ 1000 ޑޮލަރަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޕެނަމާއިން މިދިޔަ އަހަރުތެރޭވަނީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ބާވަތްތައް ހިމާޔަތްކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ.
ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކުވެސް މިޔަރު އުރަހައިގެ ބޭނުމުގައި 73 މިލިއަން މިޔަރު މަރާލައެވެ. މިޔަރު އުރަހައަކީ އާއްމުކޮށް މިޔަރު އުރަހައިން ހަދާ ސޯޕްއަކަށް ބޭނުންކުރާ އެއްޗެކެވެ. މިއީ ކެންސަރާއި ހިތުގެ ބައެއް ބަލިތަކުން ސަލާމަތްވުމަށް ބޭނުންކުރާ އެއްޗެކެވެ. އެހެން ނަމަވެސް އެކަމަށް އެކި ދޭ އެއްވެސް ސިއްހީ އެއްވެސް ހޯދުންތަކެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.