މަސްވެރިކަމާއި ގުޅޭ

ކަންނެލި ބޭނުން

ކަންނެލި ބޭނުމަކީ ވަރަށް ޝައުގުވެރިކަމެކެވެ.

އެހެނަސް ވަރުބަލިވާ މަސައްކަތެއްވެސް މެއެވެ. ދޯނި މަސްއައިނު ތެރެއަށް ވަނުމަށްފަހު އަރާމްކޮށްލަން ލިބޭ ވަގުތުކޮޅު ވަރަށް މަދުވާނެއެވެ. އެންމެންވެސް ތިބެންޖެހޭނީ ކޮޅަށް، އެއްބައި މީހުން ކަންވާރުގައި ހިފަހައްޓައިގެން، އަނެއްބައި މީހުން ދާވަނި ހިފައިގެން ނޫނީ ކޮންމެވެސް އެހެން މަސައްކަތެއްގައި އެހީތެރިވެދިނުމަށެވެ.

ކަންނެއްޔެއް ބުޅީގައި އެޅުމަށްފަހު ތިލަކުރަން ވަރަށް ގިނައިރު ނަގައެވެ. ބައެއް ފަހަރު ނަސީބު ތަންދިމާކުރާ ގޮތުން ވަރަށް އަވަހަށްވެސް ކަންނެލި ތިލަކޮށްލެވިދާނެއެވެ. ގިނަ ފަހަރަށް ކަންނެލި ތިލަކުރުމުގައި ލަސްވަނީ ކަންނެލި އައިނުގެ ދެރަކަމުން، ބޭނުން ކުރަންޖެހޭ ކަންވާރުގެ ސައިޒް ހިމަވީމައެވެ. ބައެއްހަފަރު ކަންނެލި މަސްވެއިން 60 ރާތަލު ނުވަތަ އެއަށްވުރެ ހިމަ ކަންވާރެއްގައިވެސް ކަންނެލި ބާނަން ޖެހިދާނެއެވެ. 80 ކިލޯ ނުވަތަ 90 ކިލޯގެ ކަންނެއްޔެއް އެހާ ހިމަ ކަންވާރެއްގައި ބޭނުމަކީ ވަރަށް ކެތްތެރިކަން އިސްކުރަން ޖެހޭ ކަމެކެވެ. ބައެއް ފަހަރު ގަޑިއިރަކަށް ވުރެ ގިނައިރު ކަންނެއްޔެއް ބޭނުމަށް 2-3 ފަޅުވެރިން ޚާއްސަވެގެން ތިބޭނެއެވެ.

ކަންނެލި ބުޅީގައި އެޅުމަށްފަހު އަބަދުވެސް މަދުވެގެން 2 ފަޅުވެރިން ކަންވާރަށް ޚާއްސަވެގެން ތިބޭނެއެވެ. އިސްވެ ކަންވާރުގައި ހިފައިގެން ހުންނަ މަސްވެރިއާ އަކީ ގޮތްނިންމާ ނުވަތަ ކޮންޓްރޯލް އޮންން މީހާއެވެ. ދެވަނައަށް ކަންވާރުގައި ހިފަހައްޓައިގެން ހުންނަ މަސްވެރިއާ އާންމުކޮށް ބަލާނީ މާގަދައަށް ކަންވާރަށް ބާރުނުކޮށް އެއްވަރެއްގައި ހިފަހެއްޓުމަށެވެ.

ކަންނެލި ތިލަވެ، ދާވަނި އެޅުވޭ ހިސާބަށް ކައިރިވުމުން، ދާވަނި އަޅުވާ ކަންނެލި ދޯނަޏަށް އަރުވައެެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!