މަސްކައްކާ ހިއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ގުރައިދޫއިން ބިން ކުއްޔަށް ދޫކުރަނީ

ތ.ގުރައިދޫ
ތ.ގުރައިދޫ

މަސްކައްކާ ހިއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް ތ.ގުރައިދޫއިން ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

ގުރައިދޫ ކައުންސިލުން ބުނީ، މަސްކައްކާ ހިއްކުމާއި ލޮނުމަހުގެ މަސައްކަތް ކުރުމަށް އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

 ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 01 އޯގަސްޓް 2023 ވަނަ ދުވަހުގެ 10:15 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 13 އޯގަސްޓް 2023 ވަނަ ދުވަހުގެ 10:15 ގައި ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށްވެސް ކައުންސިލް އިދާރާއިން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ