މިޔަރެއް ޗައިނާ ފަތުރުވެރިއަކަށް ހަމަލާ ދިނުމުގެ ހާދިސާއެއް
މިޔަރެއް ޗައިނާ ފަތުރުވެރިއަކަށް ހަމަލާ ދިނުމުގެ ހާދިސާއެއް

ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިން މިޔަރަށް ސަމާލުވާން އެޤައުމުގެ އެމްބަސީއިން އަންގައިފި

ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައިސް މޫދަށް އެރިއުޅުމުގައި ސަމާލުވުމަށް އެ ގައުމުގެ އެމްބަސީން އިލްތިމާސްކޮށްފިއެވެ.

ޗައިނާގެ ނޫސްތަކުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގޮތަށް އިލްތިމާސް ކޮށްފައިވަނީ ވޭތުވެދިޔަ މަސްތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި އެ ގައުމުގެ ފަތުރުވެރިންނަށް އެކި ހާދިސާތަކާ ކުރިމަތިވެފައިވާތީއެވެ. އެގޮތުން މިފަހުން ޗައިނާގެ ތިން ފަތުރުވެރިއެއްގެ ފުރާނަ ގެއްލިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޗައިނާ އެމްބަސީއިން ބުނެފައިވަނީ 3 ފަތުރުވެރިއެއް ގެނބިގެން މަރުވެފައިވާއިރު، އެކަކުވަނީ މޫދަށް ގެއްލިފައެވެ. އަދި މިޔަރު ހަމަލާދިނުމުގެ ސަބަބުން އިތުރު މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މޫސުން ގޯސް ދުވަސްވަރު މޫދު ކުޅިވަރު ކުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫދުގައި އުޅޭއިރު ފުން ތަންތަނަށާއި އޮއި އަދި މިޔަރަށް ސަމާލުވުމަށް އެމްބަސީއިންވަނީ އެދިފައެވެ.

އެމްބަސީ އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ރާއްޖޭގައި ލިބެން ހުންނަ ސިއްޙީ ފަރުވާތައް މަދުވާނެ ކަމަށެވެ. އަދި މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރުތައް ކުރުމުގައި ފަރުވާ ބަހައްޓަން ޖެހޭނެ ކަމަށާއި، ބަލިވެ އުޅޭއިރު ދަތުރުނުކުރުމަށާއި، އަމިއްލަ ތަކެއްޗަށް ސަމާލުކަން ދިނުމަށް ޗައިނާގެ އެމްބަސީން އިލްތިމާސްކުރާކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!