F1PXNeLaIAAxgjn

މ އަތޮޅުގައި އިތުރު އާ ކަނދުފައްޗެއް އަޅައިދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މ އަތޮޅުގައި އިތުރު އާ ކަނދުފައްޗެއް އަޅައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކެމްޕޭން ދަތުރެއްގައި މ. މަޑުއްވަރިއަށް ވަޑައިގެން ދެއްކެވިވާހަކަފުޅުގައެވެ.

އެ އަތޮޅު ވޭވަށާއި ރަތްމަންދޫވެސް ހިމެނޭހެން، އެ ސަރަހައްދަކީ މަސްވެރިން އުޅޭ ސަރަހައްދެއް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ  ވޭވަށާ  ދިމާލުގައި އަޅާފައި އޮތް މަސް ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަމަށް އެ ރަށު ރައްޔިތުން ފާހަގަކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ ކަނދުފައްޗާއެކު އިތުރަށް30 މޭލު ދުރުގަ މި ސަރަހައްދުގަ އިތުރު ކަނދުފައްޗެއް ކުރިއަށް އޮތް ތަނުގާ އަޅުގަނޑުމެން އަޅާނަން" ރައީސް ސޯލިިހު ވިދާޅުވިއެވެ.

އެންމެ ފަހުން ފިޝަރީސް މިނިސްޓްރީން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މ. އަތޮޅުގައި ތިން މަސްކަނދުފަތި ގާއިމު ކޮށްފައިވެއެވެ.

އެއީ މުލަކާއި ދިއްތުނޑިއާއި މަޑުއްވަރީ ބޭރުގައި އަލާފައިވާ ކަނދުފައްޗެވެ.

މުލަކު ކަނދުފައްޗަކީ އެރަށު އިރު ދެކުނުން13 މޭލު ބޭރުގައި ގާއިމު ކޮށްފައިވާ ކަނދުފައްޗެކެޗެ. އަދި ދިއްތުނޑީގެ އިރު ދެކުނުން16 މޭލު ބޭރުގައި ކަނދުފަތި ގާއިމު ކޮށްފައި ވާއިރު މަޑުއްވަރީ ކަނދުފައްޗަކީ ރަތްމަންދޫގެ އިރު އުތުރުން12 މޭލު ބޭރުގައި ގާއިމު ކޮށްފައިވާ ކަނދުފައްޗެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!