Masverin-diverun-q66rjrgqmdobx0of24a8gwizqrojixhabpeekw9jm0

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މަސްވެރިންނަށް އަމާޒުކޮށްގެން ޑައިވިން ކޯސްތަކެއް

އިކޮނޮމިކް މިނިސްޓްރީން ޑައިވިން ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދާ މަސްވެރިންނަށް ޚާއްސަ ޑައިވިންގ ކޯސްތައް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިއީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް، އެ މިނިސްޓްަރީއާއި  ވޯލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން ހިންގާ ކޯސްތަކެއް ކަމަށެވެ. އެގޮތުން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމަށް ހުޅުވާލުމުން މިހާތަނަށް އެކަމަށް އެދި 6 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. އަދި އޭގެތެރެއިން އެއް ފަރާތަކުން ވަނީ މަސްވެރިންނަށް ޑައިވިންގ ކޯހެއް ފަށާފައެވެ.

މަސްވެރިން އެމްވީއާއި ވާހަކަދައްކަމުން އިކޮނޮމިކް މިނިސްޓްރީގެ ޕްރޮޖެކްޓް ޑިރެކްޓަރ ޝުހާދު އިބްރާހިމް ވިދާޅުވީ، 17 މަސްވެރިން އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށެވެ.

އަދި ހޮވާލެވޭ ފަރާތްތަކުން ކުރިއަށްގެންދާ ކޯސްތަކާއި އެކު 150 މަސްވެރިންނަށް ތަމްރީން ދެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ޝުހާދު ވިދާޅުވިއެވެ. މިއީ 6 މަސް ދުވަހުގެ ޕްރޮޖެކްޓެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!