އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް އަޅަނީ

IMG_3921

ހއ. އިހަވަންދޫގައި މަސް ގަންނަ މަރުކަޒެއް އަޅާދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހު ވިދާޅުވީ އިހަވަންދޫ ބިން ހިއްކާ ނިމުމުން މަސް ގަންނަ މަރުކަޒެއް އަޅާދެއްވާނެ ކަމަށެވެ.

އިހަވަންދޫގައި އަޅާ މަސް ގަންނަ މަރުކަޒަކީ 50 ޓަނު ބްރައިން ފްރީޒް ކުރެވޭ، 1000 މެޓްރިކްޓަނު ކޯލްޑް ސްޑޯރޭޖަކާއެކު ގާއިމު ކުރެވޭ މަސް ގަންނަ މަރުކަޒެކެވެ.

އެއާއެކު އެމްޓީސީސީގެ ސޭލް ސެންޓަރެއް ވެސް އެރަށުގައި ގާއިމު ކުރަން ރައީސް ވަނީ ނިންމަވާފައެވެ.

އެ ސެންޓަރުގައި އިންޖީނަށް ބޭނުންވާ ސްޕެއަރ ޕާޓާއި އަޑީތެޔޮ ލިބެން ހުންނާނެއެވެ. އަދި އޮޑިދޯނި ފަހަރު އެހެލެވޭނެ ނިޒާމުވެސް ހިމެނިގެން ދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ