ޖަޒީރާ 103 އަށް މަސްކިރަން ފެށުން
ޖަޒީރާ 103 އަށް މަސްކިރަން ފެށުން

ސަރުކާރުން މިފްކޯއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓްކުރަނީ

ސަރުކާރުން މިފްކޯއަށް މިހާރަށްވުރެ ބޮޑަށް އިންވެސްޓް ކުރުމަށް ރައީސް ސޯލިހު ނިންމަވައިފިއެވެ.

ރިޔާސީ ކެމްޕޭނަށް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިހު ވިދާޅުވީ މަސްވެރިކަން އަމިއްލަ ކުންފުނިތަކަށް އެއްކޮށް ދޫކޮށްލުމަކީ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. އަދި މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން އަތް ދޫކޮށްލުމަކީ ރަނގަޅު ގޮތެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެގޮތުން މިހާރަށްވުރެ ބޮޑަށް މިފްކޯއަށް އިންވެސްޓް ކުރަން ވިސްނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ ގޮތް ފަހިކޮށްދީ، މަސް ރަނގަޅަސް ފްރީޒް ކޮށް ސްޓޯރ ކުރެވި، ރަނގަޅު އަގުގައި ބޭރަށް ވިއްކޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވާ ބައެއް ދަތިތަކަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލިއެވެ.

އެގޮތުން ބާނާ މަސް ކިރުން ލަސްވެ، މަސް ކިރައިގެން ފައިސާ ލިބުން ލަސްވެ، ތެޔޮ ލިބުމުގެ ދަތިކަކަކީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ވެސް ކުރިމަތިވާ ދަތިތައް ކަމަށާއި މިހާތަނަށްވެސް އެ ކަންކަން ހައްލު ވެފައި ނުވަނީ ކުރީގެ ސަރުކާރު ތަކުގައި މަސްވެރިކަމުގެ ސިނާއަތަށް އެކަށީގެންވާ ވަރަށް އަޅާނުލާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!