އެމެރިކާގައި ކުޑަކުއްޖެއް ތަފާތު ސިފައެއް ޖަހާ މަހެއް ބާނައިފި

ވވޗވޗޒ

އިންސާނުންގެ ދަތްޕިލަ އާއި އެއްގޮތް ދަތްޕިލައެއް ހުންނަ މަހެއް ކުޑަކުއްޖަކު ބާނައިފިއެވެ.

އެމެރިކާގައި ހިނގި މިހާދިސާގައި ޗާލީ ކްލިންޓަން ނަމަކަށް ކިޔާ ކުއްޖެއް މަސް ބާނަން ދިޔައީ ކުޑަ ފެންކޯރަކަށެވެ. އެތަނުން އޭނާއަށް ބޭނުނު މަހަށް މިވަނީ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިފައެވެ.

މިމަހުގެ ފޮޓޯތަކަށް އެހާ ބޮޑު ސަމާލުކަމެއް ލިބިފައިމިވަނީ އޭނާ ބޭނި މަހުގެ އަނގައިގެ ދަތްޕިލަ އިންސާނަކާއި ވަތްތަރުވީމައެވެ.

އޮކްލަހޯމާ ވައިލްޑްލައިފް ކޮންޒަރވޭޝަން ޑިޕާޓްމަންޓުގެ ސަމާލުކަމަށްވެސް މިމަސްވަނީ އައިސްފައެވެ. އެ ޑިޕާޓްމަންޓުންވަނީ މި މަހާ ގުޅޭ މައުލޫމާތުތައް އިންޓަރގްރާމުގައި ހިއްސާކޮށްފައެވެ.

އެގޮތުން މިއީ ޕާކޫ ފިޝްއެއް ކަމަށާއި އޭގެ ދަތްތަކުގެ ސައިޒް އަދި ކުލަވެސް ހުންނަނީ އިންސާނުންނާއި އެއްގޮތް ގޮތަކަށް ކަމަށް ވައިލްޑްލައިފުން ބުނެފައިވެއެވެ.

އަދި މި ބާވަތުގެ މަސްތައް މީގެ ކުރިންވެސް އޮކްލަހޯމާގައި ބޭނިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މިމަސް 3.5 ފޫޓަށް ބޮޑުވެއެވެ. އަދި މިއީ އިންސާނުންނަށް ނުރައްކާތެރި މަހެއް ނޫނެވެ. އަދި މިއީ އެހެން މަސްތަށް ޝިކާރަކުރާ މަހަކަށްވުމުން މިމަސް ބޭނިއްޖެނަމަ ރިޕޯޓުކުރުމަށް އޮންނަނީ އަންގާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ