އިހަވަންދޫ ކެޔޮޅު ރަޝީދަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު

WhatsApp-Image-2023-07-28-at-14.48.35-1536x1023

މަސްވެރިކަމުގެ ދާއިރާގައި އިބްރާހިމް ރަޝީދަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާގެ އުމުރުން މިހާރު 50 އަހަރުވެފައިވާއިރު، ކެޔޮޅުކަން ކުރާތާ މިހާރު 25 އަހަރުވަނީ ވެފައެވެ. އެރަށުގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ފާހަގަކޮށްލެވޭ އެއް ފަރާތަކީ އެރަށު މާހޯރަ-3 ދޯނީގެ ކެޔޮޅު އިބްރާޙިމް ރަޝީދެވެ.

ރަޝީދުދަނީ މަސްވެރިކަމުގެ ދާއިރާއަށް އައު ކުދިން ނެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭނާގެ ކެޔޮޅުކަމުގެ ދަށުން ގިނަ ކުދިންތަކަކަށް މިދާއިރާއިންވަނީ ފުރުސަތުތައް ދީފައެވެ.

މަސްވެރިކަން ކުރިއެރުވުމަށް ރަޝީދު ކުރަމުން އަންނަ މަސައްކަތް ސަރުކާރުންވެސް ވަނީ ބަލައިގަނެފައެވެ. މަސްވެރިކަމުގެ ދާއިރާއިން ދޮށީގެ މަސްވެރިކަމާއި، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި އިބްރާހީމް ރަޝީދަށް ވަނީ ޤައުމީ އިނާމު ލިބިފައެވެ.

މީގެކުރިން މަސްވެރިން އެމްވީއަށް ދިން އިންޓަރވިއުއެއްގައި ރަޝީދު ބުނެފައިވަނީ އޭނާ މަހަށްދާން ފެށީ ވަރަށް ޅައުމުރުގައި ކަމަށެވެ. ގާތްގަނޑަށް 14 ނޫނީ 15 އަހަރުގައި މަހަށްދާން ފަށާފައިވާ ކަމަށް އިބްރާހިމް ރަޝީދު ބުންޏެވެ.

ރަޝީދުގެ ކެޔޮޅުކަމުގެ ދަށުން އެއްދަތުރުން އެންމެ ގިނައިން ބޮޑުކަންނެލި ބޭނުމުގެ ރިކޯޑް ވަނީ މުގުރާލާފައެވެ. މި ރިކޯޑް ހެދީ މިދިޔަ އަހަރުގެ ނޮމެމްބަރު މަހު ފަހުކޮޅުގައެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ