Ibu

ރަށްފުށުގެ އާއިލާތަކަށް އެންމެ ފުޅާކޮށް އެންމެ ރަނގަޅަށް މަންފާކުރަނީ މަސްވެރިކަމުން - ރައީސް

ރަށްފުށުގެ އާއިލާތަކަށް ސީދާ އެންމެ ފުޅާކޮށް އެންމެ ރަނގަޅަށް މަންފާކުރާ އިންޑަސްޓްރީއަކީ މަސްވެރިކަމުގެ އިންޑަސްޓްރީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ބޮޑު ސިނާއަތަކަށް ބަދަލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި 17000 އެތައް މަސްވެރިން އުޅޭ ކަމަށާއި، މިއިން ކޮންމެ މަސްވެރިއަކީ އާއިލާއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށްފުށުގެ އާއިލާތަކަށް ސީދާ އެންމެ ފުޅާކޮށް އެންމެ ރަނގަޅަށް މަންފާކުރާ އިންޑަސްޓްރީއަކީ މަސްވެރިކަމުގެ އިންޑަސްޓްރީކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑްގެ ތެރޭގައިވެސް ދިރުން ގެނެސްދިނީ މަސްވެރިންކަމަށެވެ.

" ހަމަ އެކަނި ވިންދު ޖަހަޖަހާ އޮތް އިންޑަސްޓްރީ އަކީ މަސްވެރިންގެ އިންޑަސްޓްރީ" ރައީސް ވިދާޅުވިއެވެ.

އަދި އޭދުވަސްވަރު މީން ޒަމާނެއްގައި މަސް ނުބާނާވަރަށް މަސް ބޭނި ކަމަށާއި، ކެޕޭސިޓީ އިތުރުކޮށް އެމަސް މިފްކޯއިން ގަތްކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ހަމަޖެހިލާފައި މިތިބެވެނީ މަސްވެރިން އެދުވަހު ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އެކަމަށްޓަކައި ދިވެހި މަސްވެރިންނަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!