ފާރިސް މައުމޫން -- ފޮޓޯ/ ވަގުތު
ފާރިސް މައުމޫން -- ފޮޓޯ/ ވަގުތު

ފާރިސްގެ މެނިފެސްޓޯގައި މަސްވެރިކަމުގެ ވައުދެއް ނެތް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫން މަސްވެރިކަމުގެ ވައުދެއް ނުހިމަނައި މެނިފެސްޓޯ އިއުލާނު ކުރައްވައިފިއެވެ.

ފާރިސްގެ މެނިފެސްޓޯ އިއުލާނު ކުރައްވާފައި ވަނީ އެކަމަށްޓަކައި ބޭއްވި ޙާއްސަ ރައްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ފާރިސްގެ ރަނިންމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް (ފާރިސްގެ މަންމައާއި ބައްޕަ) ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ފާރިސްގެ މެނިފެސްޓޯ އިއުލާނު ކުރައްވާފައި ވާއިރު، އެ މެނިފެސްޓޯގައި ޖުމުލަ 15 ވައުދެއް ހިމެނެއެވެ. އެ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ދީނުގެ އުސޫލުތައް ދެމެހެއްޓުމާއި ހެޔޮވެރިކަން ކުރުން އަދި އަދި އިސްލާހީ ބަދަލުތަުގެ ސަބަބުން ގެންނަ އިގުތިސޯދީ އިންގިލާބު ފަދަ ކަންތައްތަކެވެ.

އޭގެ އިތުރުން މެނިފެސްޓޯގައި ހިމެނެނީ، ޑިޖިޓަލް އިކޮނޮމީ، ދިރިއުޅުމުގެ ހަރަދުތަކަށް ހައްލު ހޯދުން، އުފެއްދުންތެރިކަން އިތުރު ކުރުން، ކުށް ކުރާ މީހުން އިސްލާހު ކުރުން، ރިސޯޓުތަކާއި ގެސްޓަހައުސްތައް ވަކި ގިންތިއަކަށް ހެދުން، ޓެކްސް ލުއި ކުރުން، ކައުންސިލަސް އާމްދަނީ ލިބޭގޮތް ފުޅާކުރުން، ތައުލީމީ ނިޒާމު އިސްލާހު ކުރުން، މަޖިލިސް އިސްލާހު ކުރުން، މާލޭގެ މަގުތަކުން ތޮއްޖެހުން ހައްލު ކުރުން އަދި މިންތީގެ ހަމަހަމަކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!