365987435_773599651442265_2933900233389999773_n

މުބާރާތެއްގައި 290 ކިލޯގެ ހިބަރެއް ބާނައިގެން 6.2 މިލިއަން ޑޮލަރުގެ އިނާމެއް

މަސް ބޭނުމުގެ މުބާރާތެއްގައި 290 ކިލޯގެ ހިބަރެއް ބާނައިގެން އިނާމެއްގެ ގޮތުގައި 6.2 މިލިއަން ޑޮލަރު ލިބެއްޖެއެވެ.

އެމެރިކާގައި ހިބަރު ބޭނުމަށް ހާއްސަކޮށްގެން ބާއްވާ ވައިޓް މާލިން އޯޕަންގައި 290 ކިލޯގެ ހިބަރެއް ބާނާފައިވަނީ ފްލޯ ރީލް ނަމަކަށް ކިޔާ ބޯޓަކުންނެވެ. އެ ހިބަރުގެ ދިގުމިނުގައި 118 އިންޗި ހުއްޓެވެ.

މުބާރާތުގައި ބޭއްވި އެންމެ ބޮޑު ހިބަރުގެ އިނާމު ފްލޯ ރީލްއަށް ލިބިފައިވާއިރު، އެމީހުން ބޭނި ހިބަރު މިދިޔަ އަހަރު މި އިނާމު ހާސިލްކުރި ފަރާތަށް ވުރެ ބަރެވެ.

ވައިން މާލިން މުބާރާތުގައި 357 ބޯތަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކކުރިއަށް ގެންގޮސްފައިވަނީ 5 ދުވަހުގެ މުއްދަތަކަށެވެ. މިއަހަރުގެ މުބާރާތުގައި 551 ވައިޓް މާލިން އަދި 46 ބްލޫ މާލިން ބާނާފައިވެއެވެ.

މިއި ވައިޓް މާލިން މުބާރާތް ބާއްވާ 50ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!