"އުތުރުން ދެކުނަށް" ޒުވާން މަސްވެރިޔާ ހަސަން ސާޖިން ކުރަމުންދާ ދަތުރުގައި މިވަގުތު ހުރީ ހދ. އަތޮޅުގެ 10ވަނަ މަންޒިލް ކަމުގައިހާ، ހދ. ކުމުންދޫގައެވެ. ޒުވާން މަސްވެރިއާއަށް ކުމުންދޫއިންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޒުވާން މަސްވެރިޔާ ވަނީ ހއ ގެ ހުރިހާ ރަށަކަށް ދަތުރު ކޮށްފައެވެ. އަދި މިހާރު އެ ދަތުރު ކުރަމުން ދަނީ ހދ ގެ ރަށްރަށަށެވެ.
ޒުވާން މަސްވެރިޔާގެ މި ދަތުރު ހއ. ތުރާކުރުން ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
އަދި މިހާރު ދަތުރަށް 7މަސްވެފައިވާއިރު ހިރިމަރަދޫއަކީ ދަތުރުގެ 24ވަނަ މަންޒިލެވެ.
މި ދަތުރުގެ ތެރެއިން ޒުވާން މަސްވެރިޔާ ދަނީ ރަށްރަށާއި ގުޅޭ ތަފާތު އެކި މައުލޫމާތުތަައް ގެނެސްދެމުންނެވެ. އެގޮތުން އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދެމުންދާއިރު، ސުކޫލުތަކުގެ ދަރިވަރުންނާއި ބައްދަލުކޮށް މަސްވެރިކަމުގެ މައުލޫމާތުވެސް ފޯރުކޮށްދެއެވެ.
ޒުވާން މަސްވެރިޔާ ވެބްސައިޓް Zuvaan Masveriya | Maldives އިން ދަތުރުގެ ހުރިހާ އަދާހަމައެއް ފެންނަން ހުންނާނެއެވެ. އަދި ޒުވާން މަސްވެރިއާ ޔޫޓިއުބު ޗެނަލް އިން މި ދަތުރުގެ ވީޑިއޯތައް ފެންނާނެއެވެ.
ޒުވާން މަސްވެރިޔާ އާއި އެކު މަސައްކަތްކުރަމުންދަނީ 5 މެމްބަރުންގެ ޓީމަކުންނެވެ. ޒުވާން މަސްވެރިޔާ ސޯޝަލް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކާއި ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.