ޕޯޗުގަލްގައި މިޔަރެއް މަސްވެރިއަކަށް ހަމަލާދިނުމުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމީހާއަށް ހަމަލާދީފައިވަނީ ބްލޫ ޝާކެކެވެ. ޕޯޗުގަލްގެ ކަނޑުގެ އައްސޭރިއާއި 100 މޭލުން ދުރުން ހިނގި މި ހާދިސާއަށްފަހު މަސްވެރިއާ އަށް ސިއްޙީ ފަރުވާދިނުމަށް ވަނީ ހެލިކޮޕްޓަރެއްގައި ހޮސްޕިޓަލަކަށް ގެންގޮސްފައެވެ.
އިންޑޮނޭޝިއާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މި މީހާއަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށް ޙަބަރުތައް ބުނެއެވެ.
ޙަބަރުތައް ބުނާގޮތުގައި މިޔަރު އޭނާއަށް ހަމަލާދީފައިވަނީ ދާ ޖަހައިގެން މަސް ހިފުމުގައި ޖަލުގައި އޮޅިގެން ޖެހުނު މިޔަރެއް ބޯޓުގެ ތެރެއަށް ދޫވި ވަގުތުއެވެ.
ބްލޫ ޝާކަކީ އާއްމުކޮށް އިންސާނުންނަށް ހަމަލާދޭ ބާވަތުގެ މިޔަރެއް ނޫނެވެ. އެހެންކަމުން އޭތި މަސްވެރިޔާއަށް ހަމަލާދީފައިވަނީ ހާސްކަމުގެތެރޭގައި ކަމަށް ބެލެވެއެވެ.
ޕީޗުގަލްގެ ކަނޑުގެ އައްސޭރިން މިފަހުން ބްލޫ ޝާކް ފެންނަ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހުގެތެރޭގައި ފަތުރުވެރިންގެ މެދުގައި މަޝްހޫރު ބީޗުގެ ކަނޑުގެ ސަރަހައްދުން ބްލޫ ޝާކެއް ފެނިގެންވަނީ އެ ހިސާބުން މީހުން ހުސްކޮށްފައެވެ.