Kanneli

ރާއްޖޭގައި ކަންނެލި މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެއްޖެ

މިއީ ފަހުގެ ތާރީހެއްގައި ކަންނެލި މަސްވެރިކަން އެންމެ ދަށްވި ދުވަސްވަރު ކަމަށް މަސްވެރިން ބުނަން ފަށައިފިއެވެ.

ދ. މީދޫ މަސްވެރިން ބުނީ، ދިވެހިރާއްޖޭ ކަންނެލި އަދި ކަޅުބިލަ މަސްވެރިކަން ދައްވެފަ އޮންނަތާ ވަރައް ދުވަސްވެއްޖެ ކަމަށެވެ. އަދި95 އިންސައްތަ ކަންނެލި ދޯނިފަހަރު ގައި ލިބޭ އެއްޗަކުން ހަރަދުވެސް ނުލިބޭ ކަމަށާއި އޮޑިފަހަރު ފަޅުގައި އަޅަން ޖެހިއްޖެ ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިހާދިގުލާ ކަންނެލި މަސްވެރިކަން ދައްވެގެންދިޔަ ފުރަތަމަ ފަހަރު ކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިން ބުނާ ގޮތުގައި ގިނަ ކަންނެލި ދޯނިފަހަރުތައް ވަނީ ރައްރަށު ފަޅުގައި އަޅާ، މަސްވެރިކަން ރަނގަޅުވާނެ ކަމުގެ އުންމީދުގައި މަޑުކޮށްގެން ކަމަށެވެ.

"ދިވެހިރާއްޖޭ އެންވެރިކަމާ މަސްވެރިކަމާ ކަނޑުގެ ރޯދި އަޅަމެންގެ މައްޗައް ތިޔާގި ކޮއްދެވަވާންދޭ" މީދޫ މަސްވެރިން ކޮށްފައިވާ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!