ބެންކޮކްގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ވިއެޓްނާމުގެ މަސް ބޯޓެއް އަތުލައިގަނެފިއެވެ.
މިދިޔަ ހޮނިހިރުދުވަހު ހިނގި މި ހާދިސާގައި އެ މަސް ބޯޓުގައި ތިބި 5 މަސްވެރިންވަނީ ނޭވީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ބޯޓު އަތުލައިގަނެފައިވަނީ ނޭވީ ކޯސްޓަލް ޕެޓްރޯލް ބޯޓަކަށެވެ.
ތައިލޭންޑުގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ ވިއެޓްނާމް ބޯޓުތައް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓުތައް ލިބުމާއި ގުޅިގެންނެވެ. އެ ސަރަހައްދަށް ގޮސް ބެލިއިރު، ވިއެޓްނާމަށް ނިސްބަތްވާ 15 މަސްބޯޓެއްވަނީ ފެނިފައެވެ. އެހެންނަމަވެސް ޕެޓްރޯލް ބޯޓުތައް ފެނުމާއި އެކު އެ ބޯޓުތައްވަނީ އެތަނުން ފިލާފައެވެ. އަދި ނޭވީ ޕެޓްރޯލަށް އަތުޖެހުނީ އޭގެތެރެއިން އެންމެ ބޯޓެކެވެ.
މި ބޯޓުގައި ތިބި މަސްވެރިންވަނީ މިހާރު ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ގާނޫނީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޙަބަރުތައް ބުނެއެވެ.