މޮޅަދޫ، ފޮޓޯ : ޒުވާން މަސްވެރިޔާ
މޮޅަދޫ، ފޮޓޯ : ޒުވާން މަސްވެރިޔާ

މޮޅަދޫގައި މަސްކަނޑާ އަށްޓެއް ހަދާދޭނެ ބަޔަކު ހޯދަނީ

ހއ. މޮޅަދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް ހަދާދޭނެ ބަޔަކު ހޯދަން އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.

ކައުންސިލުން ބުނީ އެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝައުގުވެރިވާ ފަރާތްތަކުން އެކައުންސިލްގައި ރެޖިސްޓަރ ކުރަންޖެހެއެވެ. ޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅަންވާނެކަމަށް ކައުންސިލުން ހާމަކުރެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 06 ސެޕްޓެންބަރު 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ އެވެ. މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ އޮތް ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުން އޮންނާނީ 17 ސެޕްޓެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މޮޅަދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހުގެ 13:05 ގައި މޮޅަދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!