ކިނބިދޫ
ކިނބިދޫ

މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކިނބިދޫއިން ބިން ކުއްޔަށް ދޫކުރަނީ

މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ތ.ކިނބިދޫއިން ބިންތަކެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކިނބިދޫ ކައުންސިލުން ބުނީ މަސްވެރިކަމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް 4 ބިމެއް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެންމެ ކުޑަކޮށް ނެގޭ ބިމުގެ ބޮޑުމިނުގައި 30 ފޫޓާއި 50 ފޫޓު ހުންނަން ވާނެ ކަމަށާއި، ބިމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 60 ލާރި ކަމަށް ކައުންސިލުން ހާމަކުރެއެވެ.

ކައުންސިލުން ބުނީ ކޮންމެ ފަރާތަކަށްވެސް ދޫކުރެވޭނީ އެންމެ ބިމެއް ކަމަށެވެ. ބިމަށް އެދި ހުށަހެޅޭނީ ކުންފުނި، ޕާޓްނާޝިޕް، ކޯޕަރޭޓިވްސް، ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ނުވަތަ ސަރުކާރު ޤަބޫލުކުރާ ވިޔަފާރި ކުރުމުގެ ހުއްދައެއް އޮންނަ ފަރާތްތަކަށެވެ.

ބިން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިން ހޯދުމަށް އެދޭ ފޯމް ހުށަހެޅުމަށް ކިބިނދޫ ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!