މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް އެކަމަށް ޙާއްސަ އެޖެންސީއެއް އުފައްދާނަން - މުއިއްޒު

F4Is0lWaEAAKkGq

މަސްވެރިކަން ޕްރޮމޯޓުކޮށް ދުނިޔޭގެ އެކި ޤައުމުތަކުގައި މާކެޓުކުރުމަށް މަސްވެރިކަމަށް ހާއްސަ އެޖެންސީއެއް އުފައްދަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމަށެވެ. މަސްވެރިކަމުގެ ސިޔާސަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި، މަސްވެރިކަން މާކެޓު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މަސްވެރިކަން ޕްރޮމޯޓުކުރުމަށް ޙާއްސަ އެޖެންސީއެއް ޤާއިމްކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

" ގާއިމްކޮށްދިނީމައި ޓޫރިޒަމް ގޮތަށް މަސްވެރިކަމުގެ ޕްރޮޑަކްޓްތައް މާކެޓުކުރުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ، ސަރުކާރުން އެކަން ކޮށްދިނީމައި ރައްޔިތުންނަށް ވަރަށް ބޮޑަށް ފަހިވެގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.

މަސްވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި ވިއްކުމަށްޓަކައި ހުރި ދަތިތަކަށްވެސް މި އެޖެންސީއާއި އެކު ހައްލު ލިބިގެންދާނެ ކަންވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ