މަސްބާނަނީ
މަސްބާނަނީ

ހުޅަނގު މޫސުމުގެ ބާރަވަނަ ނަކަތް: އުތުރަ

ހުޅަނގު މޫސުމުގެ އެގާރަވަނަ ނަކަތް "ފުރަ" ނިމި، އުތުރަ ނަކަތް ފެށިއްޖެއެވެ.

އުތުރަ ނަކަތަކީ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.

އިހުގެ ޢާންމު ބަހުރުވައިންނަމަ މި ނަކަތުގައި ހަޅަޖަހާނެއެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެއެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 22.22 ކިލޯމީޓަރު ބާރުމިނުގައެވެ. ވައިޖެހޭނީ ހުޅަނގު އުތުރުންނެވެ. ވާރޭ ވެހޭ މިންވަރު ހުންނާނީ 4.59 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 90.7 ގަޑިއިރު އަވިދޭނެއެވެ. މި ނަކަތުގައި މަސްވެރިކަން އާދައިގެ ގޮތަކަށް ރަނގަޅުވާނެއެވެ.

18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު 'ރޭވަ' ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.

ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:

  1. އައްސިދަ
  2. ބުރުނު
  3. ކެތި
  4. ރޯނު
  5. މިއަހެލި
  6. އަދަ
  7. ފުނޯސް
  8. ފުސް
  9. އަހުލިހަ
  10. މާ
  11. ފުރަ
  12. އުތުރަ
  13. އަތަ
  14. ހިތަ
  15. ހެއި
  16. ވިހާ
  17. ނޮރަ
  18. ދޮށަ މިއެވެ

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!