cozumel-boat-I

މިޔަރުގެ މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް އަތުލައިގަނެފި

ތިން ޓަނުގެ މިޔަރާއި އެކު ބޯޓެއް އަތުލައިގަނެފިއެވެ. މެކްސިކޯގައި މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި ޤަވާއިދާ ހިލާފަށް މިޔަރުގެ މަސްވެރިންކޮށްގެން ބޯޓު އަތުލައިގަތީ މެކްސިކޯގެ ކޯޒުމެލް ކައިރިންނެވެ.

މި ބޯޓު އަތުލައިގަނެފައިވަނީ މިނިސްޓްރީ އޮފް ނޭވީ އާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑު ރޫރަލް ޑިވެލޮޕްމަންޓާއި ގުޅިގެން ހިނގި އޮޕަރޭޝަނެއްގައެވެ.

މި ބޯޓު ބަލާ ޗެކްކުރިއިރު އޭގެންވަނީ މިޔަރު މަސް ފޮރުވާފައި ހުއްޓާ ފެނިފައެވެ.

އެބޯޓުގައި މަސްވެރިކަން ކުރުމުގެ ހުއްދައެއް ނެތެވެ. ނޭވީގެ ފަރާތުންވަނީ އެބޯޓާއި އޭގައި ހުރި މަސްވެރިކަމުގެ އާލަތްތައް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!