ތ. މަޑިފުށި ބަނދަރުން ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.
މަޑިފުށި ކައުންސިލުން މިހާރުވަނީ ބަނދަރު ސަރަހައްދުން ފެން ލިބޭ ގޮތަށް 5 ފެންހިރި ލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.
ކައުންސިލުން ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2023ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އީމެއިލް މެދުވެރިކޮށްވެސް ރެޖިސްޓްރޭޝަން ޝީޓު ހުށަހެޅޭނެއެވެ. އަދި މިމަހުގެ 21ވަނަ ދުވަހުގެ ކުރިން ރަސްމީ ގަޑީގައި ކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅޭނެ ކަމަށްވެސް އެކައުންސިލުން ހާމަކުރެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް 25 ސެޕްޓެމްބަރ 2023ވާ ހޯމަ ދުވަހު 11.00އަށް މިއިދާރާއަށް ހާސިރުވާންޖެހެއެވެ.
އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީ ގަޑީގައި އެއިދާރާގެ ނަންބަރު 6780034 އަށް ގުޅައިގެން ސާފުކުރުމަށް ކައުންސިލުންވަނީ އެދިފައެވެ.