މަސްވެރިކަމާއި ގުޅޭ

92213816_2825029230951153_7252506300288860160_o

ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ކުރަނީ!

ބޮޑުކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ މަސްވެރިން ކުރަމުންއަންނަ މަސައްކަތެވެ. ޚާއްޞަކޮށް ރާއްޖޭގެ އުތުރުގެ މަސްވެރިން ގިނައިން ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. ޒަމާނުންސުރެ ކަޅުބިލަ މަހުގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފައެވެ. ކަޅުބިލަމަސް ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގެއް ވަނީ ކަނޑައަޅާފައެވެ. މަސްވެރިން މަހަށް ފުރާއިރު މަސް ކިލޯއަކަށް ލިބޭނެ އަގު ދުރާލާ އެނގެއެވެ.

އެހެންނަމަވެސް ބޮޑުކަންނެލީގެ މަސްވެރިކަމަށް ކޮންޓްރޯލް އަގެއް ނެތެވެ. މިއަދާހަމައަށްވެސް ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅިފައި ނެތެވެ. ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާ އަކަށް ވެފައި އޮތީ ކަންނެލީގެ އަގު ކޮންޓްރޯލް ނުކޮށް އޮތުމެވެ. ކަންނެލި ގަންނަ ކުންފުނިތަކުން ބޭނުން އަގެެއްގައި ކަންނެލި ގަންނަންވީއެވެ. ކަންނެލީގެ މަސްވެރިކަން ރަނޅަޅުވާއިރަށް އަގު ވައްޓާލަނީއެވެ.

"ކަންނެއްޔަށް ފުރާއިރު އަގު މި ހުންނަނީ 80 ރުފިޔާއަށް ކިލޯއެއް. ފަސްވަރަކަށް ދުވަހު ކަނޑުމަތީގަ ކަންނެލިބާނަން އުޅެފަ ކިރަން އަންނައިރު މި އޮންނަނީ ދެ ގުނަ އަގު ވައްޓާލާފަ. އެމީހުންނަށް އެނގޭ އަހަރެމެން ކިރާނެކަން. އެމީހުން ކޮންމެ ގޮތެއް ހެދިޔަސް އަހަރެމެން ޖެހޭނީ ކިރަންތާ. ނުކިރާ ވަކި ކޮންތާކަށްދާނީ. މިފްކޯއަށް މި ގަންނަނީކީ ނޫން.  މިއީ ވަރަށް ދެރަކަމެއް. ހަމަ ހަދާނެއެއްޗެއް މިހަދަނީ". ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ކެޔޮޅަކު ބުންޏެވެ.

މިކަމާގުޅިގެން މަސްވެރިން އެމްވީން ކުރި ސުވާލަކަށް ޖަވާބުވެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، ބޮޑު ކަންނެލީގެ އަގު ކޮންޓްރޯލް ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިގޮތުން މިކަމަށް ޤަވާއިދެއް އެކުލަވާލާ ގެޒެޓްކުރަން ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑުކަންނެލީގެ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާ އަކީ އަގުގެ މައްސަލަ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި އޮންނާނެ ކަންނެލީގެ އެންމެ ދަށް އަގު ކަނޑައެޅުން. އަގު ކޮންޓްރޯލް ކުރުން. އަޅުގަނޑުމެން އެދިމާލަށް މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑްގެ ހާލަތު އައީ. މިހާރު މިއޮތީ ފްލޯ ޕްރައިޒެއް ކަނޑައެޅުމަށް ޤަވާއިދެއް އެކުލަވާލާ ގެޒެޓް ކުރުމަށް ފޮނުވިފަ. ވަރަށް އަވަހަށް ގެޒެޓް ކުރެވި ކަންނެލި ގަންނާނެ އެންމެ ދަށް އަގެއް ކަނޑައެޅޭނެ". ޒިޔާދު ވިދާޅުވިއެވެ.

މީގެކުރިން ސަރުކާރުން ވިދާޅުވެފައިވަނީ ބޮޑުކަނެލީގެ މަސްވެރިންނަށް އެންމެ ބޮޑަށް ފައިދާވާނީ ކަންނެލީގެ އަގު ކޮންޓްރޯލް ނުކޮށް އޮތުމުގެ ސަބަބުން ކަމަށެވެ. ސަބަބަކީ ކަންނެލި ގަންނަ ކުންފުނިތަކުގެ މެދުގައި ވާދަވެރި މާހައުލެއްގައި ކަންނެލީގެ އަގު އަރައިގެން ދިއުމެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ރާއްޖޭގެ މަސްވެރިން މަސްވެރިކަމުން ފޫހިކުރުވާ ދޯނިފަހަރު ހުއްޓި ކެޔޮޅުންތައް ވަޒީފާއަކައް ނުކުންނަ ހިސާބައް މިރާއްޖޭގެ މަސްވެރިކަން ވިޔަފަރިވެރިން ގެންދާނެއެވެ. ދުނިޔޭގެ ބާޒާރުގައި މަސްކިލޯއެއް ކިތައްމެ އަގުއުފުލުނަސް ގަންނަ އަގައް މިރާއްޖޭގައި ވިޔަފާރިވެރިން ބަދަލެއް ނުގެންނާނެ. އެއްވުރެ މާބޮޑައް ރުފިޔާ އައްރާއްޖޭގައި ވިޔަފާރި ދަހިވެތިވެއެވެ . ރާއްޖޭގައި ވިޔަފާރި މިކުރަނީ ރައްޔަތުން ފެލާލާއުސޫލް . މަސްގަންނަ ކުންފުނިތަކުން ބޭނުން ވަނީ ކުޑަމުސާރައެއްގައި މަސައްކަތް ކުރުވާ ބޯޓްތަކެއްގެނެސްގން މިރާއްޖޭގަ މަސްވެރިކަންކޮއް މަސްބޭރުކުރަންށެވެ. މީގެކުރީގައި އެގޮތައް މަސްވެރިކަން ކޮއްފައިވާކަން ހުޅުމާލެ ފަޅުތެރެ ބަލާލީމައެގެއެވެ. 50 ވުރެ ގިނަބޯޓްފަހަރު މިބުނިގޮތައް މަސްވެރިކަން ކުރަން އެކިކުން ފުނިތަކުން ގެނައެވެ.

  2. މިއޮތީ އަހަރުމެން އަމިއްލައައް ހޯދި ސަރުކާރުގެ ހެޔޮކަން މަށެއްވާ ދެނެއް ނުދޭނަން ވޯޓެއް

  3. Rangalhu waane kamuge umeedhuga vote dhygen genai sarukaaru thaakun thaaku nujehey bayakah v. Masheh waa nethin vote dheykah.hama vote laa dhuwass kairi waa irah annaane massveri kamaky leynaarey lhafalholey kiyamun. Balaaeh

Comments are closed.