މަސްވެރިކަމާއި ގުޅޭ

ފދދދ

ރާޅާ އަރަން އުޅުނު މީހެއްގެ މޫނުގައި މިޔަރެއްް ދަތް އަޅައިފި

ރާޅާ އަރަން މުދޫގައި އުޅުނު މީހެއްގެ މޫނުގައި މިޔަރެއްް ދަތް އަޅުމުން ބޮޑެތި ޒަހަމްތަކެއްވެއްޖެއެވެ.

އެމެރިކާގެ ސައުތު ކެރޮލައިނާގައި މިމަހުގެ 12ވަނަ ދުވަހު ހިނގި މިހާދިސާގައި 38 އަހަރުުގެ މާކް ސަމާސެޓްގެ މޫނަށް ލިބުނު އަނިޔާގެ ސަބަބުން ބޮޑު ސަރޖަރީއެއް ހަދަން ޖެހުނެވެ. އެގޮތުން މޫނުމަތިން އެލިފައި އޮތް ހަންގަނޑު ގުޅުވުމަށް 19 ސްޓިޗް ޖަހަން ޖެހުނެވެ.

މާކްއަށް މިޔަރު ހަމަލާދިން ބީޗަކީ މީގެކުރިންވެސް ގިނަ އަދަދަކަށް މިޔަރު ހަމަލާދިނުމުގެ ހާދިސާތައް ހިނގާފައިވާ ބީޗެކެވެ. އެގޮތުން މިދިޔަ ޖުލައިމަހުގެތެރޭވެސް އެފަދަ 2 ހާދިސާއެއް ރެކޯޑުކުރެވިފައިވެއެވެ.

މާކް ބުނީ އޭނާ އަށް މިިޔަރު ހަމަލާ ދިނުމުން ނޭގޭ ބިރުވެރިކަމެއް އިހްސާސްކުރެވުނު ކަމަށެވެ. އަދި މޫދުން އަރައިގެން އައިވަގުތުވެސް މިޔަރު ފަހަތުން އައިސް އަލުން ހަމަލާ ދީފާނެކަމަށް ހީކުރެވުނު ކަމަށެވެ.

އަދި އެހާ ގިނަ ލޭ މޫނުމަތިން މޫދަށް ފައިބާތީވެސް މިޔަރަށް އޭނާއާއި ހަމައަށް އަންނަން ފަސޭހަވާނެ ކަމަށް ބެލެވުނު ކަމަށާއި، ފުރާނަ ސަލާމަތްވީތީ ޝުކުރުވެރިވާކަމަށްވެސް މާކް ބުންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!