Image_3-1200x428-2-pvonurud1bvs67i7gum3czrfhmrlpq4a0zrrd79qx4

މަސްދޯނިފަހަރުގައި ގެންގުޅޭ ބިދޭސީންނަށް މުސާރަ ދޭން ޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް

ކަނަޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައިި، ބެލެހެއްޓުމާ ގުޅޭ ގަވާއިދުގެ ފުރަތަމަ އިސްލާހުގައި ވާގޮތުން، މަސްދޯނިފަހަރުގައި ގެންގުޅޭ ބިދޭސީންނަށް މުސާރައާއި އިނާޔަތްތައް ދޭން ޖެހޭނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށެވެ.

އެ ގަވާއިދުގެ18 ވަނަ މާއްދާގެ ހ އުނިކޮށް، އެ މާއްދާގެ ށ އަދި ނ ވަނީ އިސްލާހު ކޮށްފައިއެވެ.

އެގޮތުން، އެ މާއްދާގެ ށ ގައި ވަނީ، ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކުގެ ތެރެއިން، ލައިސަންސް ދޭ އުޅަނދުފަހަރުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ ތިން ގޮތެއްގެ މަތިންނެވެ.

  • 15 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ގިނަވެގެން ހަތަރު ބިދޭސީން
  • 15 މީޓަރާއި24 މީޓަރށް ދެމެދުގެ އުޅަނދުފަހަރުގައި ގިނަވެގެން ހަ ބިދޭސީން
  • 24 މީޓަރަސްވުރެ ބޮޑެތި އުޅަނދުފަހަރުގައި ގިނަވެގެން އަށް ބިދޭސީން

މަސްވެރިކަމުގައި ބިދޭސީންނަށް ހަރަކާތްތެރި ވެވޭނީ، އެކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކުލަވާލާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ އުޅަނދެއްގައި އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ވޯކްޕާމިޓް ލިބިގެންނެވެ.

މަސްވެރި އުޅަނދުފަހަރުގައި މަސްވެރިކަމުގައި ހަރަކާތްތެރި ވުމަށް ބިދޭސީން ގެންގުޅެވޭނީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ކޯޓާ ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!