chris-fallows-whale-photography-9

ބޮޑުމަހަކުން ޖެހި ބޯޓެއް ބަނޑުން ޖަހާލުމުގެ ހާދިސާއެއްގައި މީހަކު މަރުވެއްޖެ

ބޮޑުމަހަކުން ޖެހި ބޯޓެއް ބަނޑުން ޖަހާލުގެ ހާދިސާއެއްގައި މީހަކު މަރުވެއްޖެއެވެ.
އޮސްޓްރޭލިއާގައި ހިނގި މި ހާދިސާގައި ބޯޓުގައި ދެން ހުރި މީހާއަށްވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މަހަށް ނިކުމެ އުޅެނިކޮށް ހިނގި މި ހާދިސާގައި ބޮޑުމަހުގައި ޖެހި ބޯޓުން ވަނީ އެއްކޮށް ފުށުން ޖަހާފައެވެ.
4.8 މީޓަރުގެ މި ބޯޓު ބަނޑުން ޖަހާލުމާއި އެކު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ އެހެން ބޯޓަކުން ވަނީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައެވެ. ބޯޓުގައި ތިބި ދެ މީހުންގެ ތެރެއިން 61 އަހަރުގެ މީހާ ވަނީ މަރުވެފައެވެ. އަދި 53 އަހަރުގެ މީހާ އަށް ހޮސްޕިޓަލުގައިދަނީ ފަރުވާދެމުންނެވެ.
ބޮޑުމަހުގައި ޖެހި ބޯޓުތައް ބަނޑުން ޖަހާލުމުގެ ހާދިސާތަކަކީ ވަރަށް މަދުން ހިނގާ ހާދިސާތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!