މަސްވެރިކަމާއި ގުޅޭ

ޤަވާއިދު: މަސްވެރިކަމުގެ އާންމު ޤަވާއިދުގެ 12 ވަނަ މާއްދާ: މަސްވެރިކަން ކުރުމުގައި މަނާ 10 ކަމެއް ބަޔާންކުރޭ

(ހ) މަސްހިފުމަށް، ނުވަތަ މަސް ބޭނުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް މަސް މަރާ ބަޑި ބޭނުންކުރުން،

(ށ) މިނިސްޓްރީން ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދެއްގައި އެ ސަރަޙައްދަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް މަސްވެރިކަން ކުރުން،

(ނ) މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން އަދި/ނުވަތަ ވައިގެ އުޅަނދެއް ބޭނުންކުރުން؛

(ރ) ރޮދުލުން،

(ބ) ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުން؛

(ޅ) ޤާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިަކމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާގެ ދަށުން މަނާކޮށްފައިވާ ބާވަތްތަކުގެ މަސްވެރިކަން ކުރުން؛

(ކ) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން؛

(އ) އެހެން ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވުން؛

(ވ) ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައްޔާއި، ވަކި އަތޮޅެއްގެ ގޮތުގައި ޤުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަޙައްދުން ބޭރުގައި، އެއް އުޅަދުން އަނެއް އުޅަނދަށް މަސް ބަދަލުކުރުމުގެ ހަރަކާތެއް ހިންގުން،

(މ) އެތެރެވަރީގެ ސަރަޙައްދުތަކުގައި ނުވަތަ ވަކި އަތޮޅެއްގެ ގޮތުގައި ޤުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ އުރަފަށުން ފެށިގެން ވަށައިގެންވާ 1 (އެކެއް) ނޯޓިކަލް މޭލުގެ ސަރަޙައްދުގައި، މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުން ކަނޑައަޅައިފައިވާ ގޮތާ ޚިލާފަށް މަސް ބަދަލުކުރުމުގެ ހަރަކާތް ހިންގުން.

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!