ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ބޯވައެއްގެ ހިތްގައިމު ވީޑިއޯއެއް

Screenshot 2023-10-11 080749

ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ބޯވައެއް ހަވާއީގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެއެވެ.

ސައިންސްވެރިން ކަނޑުގެ  އެންމެ ފުން ހިސާބުތަކުގެ ދިރާސާތައް ކުރުމުގެތެރޭގައި ފެނިފައިވަނި ބޯވައިގެ ބާވަތެއް ކަމަށްވާ ޑަންބޯ އޮކްޓަޕަސްއެކެވެ. މިއީ ބާވައިގެ ބާވަތްތަކުގެތެރެއިން ކަނޑުގެ އެންމެ ފުނުގައި އުޅޭ ކަމަށް ރެކޯޑުކުރެވިފައިވާ ބޯވައެވެ.

މިއާ އެކު މި ބާވަތުގެ ބޯވަ މިހާތަނަށް ފެނިފައިވަނީ ވަރަށް މަދުންނެވެ. ސައިންސްވެރިންގެ ޓީމުން ކަނޑުގެ ދިރާސާތައް ކުރަމުންދިޔައީ ކަނޑު އަޑިއަށް ރިމޯޓު ކޮންޓްރޯލްކޮށް ކެމެރާ ފޮނުވައިގެންނެވެ. އެހެންކަމުން މި ޑަންބޯ އޮކްޓަޕަސްގެ ވަރަށް ސާފު ވީޑިއޯއެއްވެސް ވަނީ ނެގިފައެވެ.

މި ވީޑިއޯ އާއްމުކޮށްފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. ސައިންސްވެރިން ބުނާގޮތުގައި މި ބާވަތުގެ ބޯވަ އުޅެނީ ކަނޑުގެ 13000 ފީޓު އަޑީގައެވެ. މިއީ އިންސާނުންނަށް ފީނައިގެންވެސް ދެވޭ ހިސާބުތަކެއް ނޫނެވެ.

ދިރާސާ ކުރާ ޓީމަށްވަނީ 12 ވަރަކަށް މި ބާވަތުގެ ބޯވަ އެހިސާބުން ފެނިފައެވެ. އެންމެ ބޮޑު ބޯވައިގެން ދިގުމިނުގައި 6 ފޫޓު ހުއްޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ