މަސްވެރިކަމާއި ގުޅޭ

128632-fishing-reuters

އިންޑިއާގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަަށް 20 ހާސް ކުރޯޑުގެ ސްކީމެއް ތަޢާރަފްކޮށްފި

އިންޑިއާގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި 20،050 ކުރޯޑުގެ ޚާއްޞަ ސްކީމެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިފްތިތާހުކޮށްދެއްވައިފިއެވެ.
ޕްރަދާން މަންތްރީ މަތްސްޔާ ސަންޕާޑާ ޔޮޖާނާ، "ޕީއެމްއެމްއެސްވައި" ސްކީމަކީ އިންޑިއާގެ ބިހާރުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވާ، މަސްވެރިކަމުކަމުގެ އެކްސްޕޯޓު އިތުރުކުރުމަށް އެދާއިރާގެ ފަރާތްތަކަށް އެހީތެރިވުމަށް އިފްތިތާހުކުރެވުނު ސްކީމެކެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މި ސްކީމް އިފްތިތާހު ކުރައްވަމުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވަނީ ދަނޑުވެރިކަަން ކުރިއެރުވުމާއި ބެހޭ މަޝްރޫއެއްވެސް ފައްޓަވާދެއްވާފައެވެ.
ޕީއެމްއެމްއެސްވައި ސްކީމްގެ ދަށުން މަސްވެރިކަމުގެ ދައިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް 20،050 ކުރޯޑު ރުފީސް މިއަހަރުން ފެށިހެން 2025 ވަނަ އަހަރާޢި ހަމަޔަށް ހަރަދުކުރުމަށް ހެމަޖެހިފައިވެއެވެ.
މި 20،050 ކުރޯޑުގެ ތެރެއިން 12،340 ކުރޯޑު ކަޑައެޅިފައިވަނީ މެރިން ރިސޯސަސް، އެއްގަމުގައި މަސްވެރިކަމުގެ ދާއިރާއިން ކުރާ މަސައްކަތްތައް ކުރިއަރުވާ، އެކުއަރކަލްޗަރ ކުރިއެރުވުމަށެވެ. އަދި 7،710 ކުރޯޑު ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމުގެ ދާއިރާގެ އުމްރާނީ ތަރައްޤީ ބިނާކުރުމަށެވެ. މިސްކީމްގެ ދަށުން މަސްވެރިކަމުގެ އުފައްދާ ތަކެތި އިތުރުކޮށް، އެކްސްޕޯޓު އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އަދި އިންސާނީ ވަސީލަތް ބިނާކުރުމުގެ ގިނަ މަސައްކަތް ތަކެއް ކުރެވޭނެއެވެ. މިސްކީމްގެ ތެރެއިން 2024-2025 ވަނަ އަހަރާއި ދެމެދު އިންޑިއާއިން އެކްސްޕޯޓުކުރާ މަހުގެ އަދަދު 1 ލައްކަ ކަރޯޑަށް އެރުވުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަމާޒު ކަޑައަޅާފައެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!