ވެސަލް މޮނިޓަރިންގ ސިސްޓަމް ހަރުކޮށްފައިވާ އުޅަނދުފަހަރު / ފޮޓޯ: ހައިލެމްޑަރ
ވެސަލް މޮނިޓަރިންގ ސިސްޓަމް ހަރުކޮށްފައިވާ އުޅަނދުފަހަރު / ފޮޓޯ: ހައިލެމްޑަރ

ވެސަލް މޮނިޓަރިންގް ސިސްޓަމަކީ ކޮބާ؟

ވެސަލް މޮނިޓަރިންގް ސިސްޓަމަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސެޓަލައިޓް ސިގްނަލް މެދުވެރިކޮށް މަސްވެރި އުޅަނދު ޓްރެކްކޮށް، އުޅަނދުފަހަރު ކަނޑުމަތީގައި މުއާސަލާތު ކުރެވޭނެ ވަސީލަތް، އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތްތަކާއި ފަޅުވެރިންނަށް ފޯރުކޮށްދިނުމަށް މަސްވެރި އުޅަނދުފަހަރުގައި ގާއިމު ކުރާ ނިޒާމެކެވެ.

ވެސަލް މޮނިޓަރިންގް ސިސްޓަމް ހިންގުމުގެ ދެ ބޭނުމެއް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ބައިނަލްއަގުވާމީ ގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ކުރާ މަސްވެރިކަމެއްކަން ކަށަވަރު ކުރުމެވެ.

ވެސަލް މޮނިޓަރިންގް ސިސްޓަމުގެ ދަށުން، ވެސަލް ލޮކޭޓިންގް ޑިވައިސް (ވީއެލްޑީ) ހަރުކުރަން ޖެހެނީ ދޮށީގެ މަސްވެރިކަން އަދި އަތުނަނުގެ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ،18 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުގައެވެ.

ވީއެލްޑީ ހަރުކުރުމަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ފިޝަރީޒް މިނިސްޓްރީގެ ނަންބަރު3339272 އަށް ގުޅާލުމުން މިނިސްޓްރީން ވައިބަރ ނޫނީ އީމެއިލް މެދުވެރިކޮށް ފޯމު ފޮނުވައިދޭނެއެވެ.

ފޯމު ފޮނުވާނެ އީމެއިލް އެޑްރެސް: Compliance@fishagri.gov.mv

ވައިބަރ ނަންބަރު: 7928721

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!