IMG_3540

ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ މިއަދުގެ 8:30 އިން 14:30އަށެވެ.
މެޓުން ބުނީ މި އަތޮޅުތަކަށް ގަޑިއަކު19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 3-6 ފޫޓާއި ދެމެދުގައެވެ.
ދެކުނަށް ވައި ބާރުވެ ކަނޑުތައް ގަދަވި ނަމަވެސް ރާއްޖޭގެ މޫސުން މިއަދު އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން ބުނެއެވެ.

މިއީ ރާއްޖެއަށް ހުޅަނގު މޫސުމެވެ. އެގޮތުން މިއީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތް ކަމުގައިވާ "ހިތަ" ނަކަތެވެ. ހިތަ ނަކަތަކީ އޮކްޓޯބަރުމަހުގެ 4ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރުމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. ކަނޑުތައް ޢާންމުގޮތެއްގައި މަޑުވާނެއެވެ. ވައިޖެހޭނީ ހުޅަނގުންނެވެ. ވައިގެ ބާރުމިން ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 22.2 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 4.10 އިންޗީގައެވެ. މި ނަކަތުގައި އެވްރެޖްކޮށް 106.1 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ޢާންމުގޮތެއްގައި ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!