ދުރުރާސްތާ3 މަސްދޯނި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ތ. މަޑިފުށީ ކައުންސިލްގެ އިދާރާއިން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
ކައުންސިލް އިދާރާއިން ބުނީ ކުރިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެގޮތުން އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެރަށު ''ދުރުރާސްތާ3 މަސްދޯނި" ގެ ކައްޅިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ އިއުލާންކޮށްފައެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޯބަރ 2023ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު procurement@madifushi.gov.mv އަށް އީމެއިލް ކުރުމަށް ކައުންސިލުންވަނީ އެދިފައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް 30 އޮކްޓޯބަރ 2023ވާ ހޯމަ ދުވަހު 11.00އަށް މިއިދާރާއަށް ހާޒިރުވާނެ ޖެހެއެވެ.
މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީ ގަޑީގައި އެއިދާރާގެ ނަންބަރު 6780034 އަށް ގުޅައިގެން ސާފުކުރުމަށް މަޑިފުށި ކައުންސިލުން އެދެއެވެ.